ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކުރުމަކީ، ނުވާނެ ކަމެއް ކަމަށާއި، އެއީ މި ސަރުކާރުގެ ޕްރޮޖެކްޓް ތަކެކޭ އެއްފަދަ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރީންވެސް އެތައް ފަހަރެއްގެ މަތީން، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނޭކަމަށް ސަރުކާރުން ބުނާ ކަމަށާއި، ނަމަވެސް، ސަރުކާރުން ކުރާން ވައުދުވާ މަޝްރޫޢު ތަކެކޭ އެއްފަދައިން ދުވަހަކުވެސް އެކަން ނުވާ ކަމަށެވެ.
މިވާހަކަ މީގެ ކުރިން ވެސް ބައިވަރު ފަހަރު އަޑު އަހައިފިން ....މިއަދު ހުށަހަޅަން، މާދަމާ ހުށަހަޅަން" އާޒިމް ވިދާޅުވިއެވެ.
މިވާހަކަ މީގެ ކުރިން ވެސް ބައިވަރު ފަހަރު އަޑު އަހައިފިން ....މިއަދު ހުށަހަޅަން، މާދަމާ ހުށަހަޅަން" އާޒިމް ވިދާޅުވިއެވެ.
"ހަމަ ސަރުކާރުގެ ޕްރޮޖެކްޓްތަކެކޭ އެއްގޮތަށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވާހަކަވެސް މި އަންނަނީ"
އޭނާ ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާން ނުވެސް ކެރޭނޭ ކަމަށާއި އަދި އެކަމަށް ބޭނުންވާ ސޮއިވެސް ހަމަ ނުކުރެވޭނޭ ކަމަށެވެ.